logo
banner image

ޖިއޮގްރަފިކް ތަންތަނަށް ނަން ކިއުމާއި ގުޅޭގޮތުން އާއްމުކޮށްފައިވާ އުސޫލު: 8 ވަނަ ބައި

މި ލިއުމުގެ މި ގެނެސްދެނީ، ޖިއޮގްރަފިކް ތަންތަނަށް ނަން ކިއުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން އާއްމުކޮށްފައިވާ އުސޫލާއި ގުޅޭ މައުލޫމާތެވެ.

މި ލިއުމުގައި ގެނެސްދޭނީ މި އުސޫލުގެ މާއްދާތައް ވަކިވަކިންނެވެ. އެގޮތުން މި ލިއުމުގައި މި ހިމަނާލަނީ، އުސޫލުގެ 11 ވަނަ މާއްދާއެވެ.

11. ސަރުކާރުގެ އިދާރާތަކަށް ލިބިފައިވާ ހުށަހެޅުންތައް

މި ޢުސޫލަށް އަމަލުކުރަން ފަށާއިރު، ޖިއޮގްރަފިކް ތަނަކަށް ނަން ކިއުމަށް ނުވަތަ ނަން ބަދަލުކުރުމަށް ނުވަތަ ނަމަށް ބަދަލެއް ގެނައުމަށް އެދި ސަރުކާރުގެ އިދާރާއަކަށް އެއްވެސް ފަރާތަކުން ހުށަހަޅާފައިވާނަމަ، އެ ހުށަހެޅުމަށް އަލުން ހުށަހެޅުމަކާއި ނުލައި، މި ޢުސޫލަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެ އިދާރާއަކުން މިނިސްޓްރީއަށް ފޮނުވަންވާނެ އެވެ.

މި މުއްދަތު ފަހަނައަޅައި ދިއުމަށްފަހު ނުވަތަ މި ޢުސޫލަށް އަމަލުކުރަން ފެށުމާއެކު ހުށަހެޅޭ އައު ހުށަހެޅުންތައް ހުށަހަޅަންވާނީ މި އުސޫލުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.