logo
banner image

ތިނަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ އެއްބަސްވުމުގައި ސޮއިކޮށްފި

ގދ. ތިނަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ އެއްބަސްވުމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރު.ޑީ.ސީ) އާއެކު ސޮއިކޮށްފިއެވެ.

25 ފެބްރުއަރީ 2026 ގައި ސޮއިކުރި މި އެއްބަސްވުމުގެ ދަށުން 19.3 ކިލޯ މީޓަރުގެ މަގުގައި ތާރު އެޅުމާއި (50 މަގު)، ފެން ހިންދާ ނިޒާމް ޤާއިމުކުރުމާއި ރޯޑް މާރކިން އަދި ސައިން ބޯޑް ހަރުކުރުމުގެ އިތުރުން ދުވާރުތައް ހެދުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 341,872,868.17 ރުފިޔާއަށް 1440 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ.އަބްދުﷲ މުއްޠަލިބްއެވެ. އަދި އާރު.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ނަޡީމްއެވެ.