logo
banner image

ޕްްރޮޖެކްޓް ފޮރ ޑިޒާސްޓަރ ރެޒިލިއެންސް އެންހޭންސްމަންޓް އިން މާލެ އައިލެންޑް (ކޮންސްޓްރަކްޝަން ފޭސް) ޕެކޭޖް 2 ގެ އެއްބަސްވުމުގައި ސޮއިކޮށްފި

ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓް ފޮރ ޑިޒާސްޓަރ ރެޒިލިއެންސް އެންހޭންސްމަންޓް އިން މާލެ އައިލެންޑް (ކޮންސްޓްރަކްޝަން ފޭސް) – ޕެކޭޖް 02 ގެ އެއްބަސްވުމުގައި ޓެކް އިންޓަރނޭޝަނަލް އިންކޯޕަރޭޝަން އާއެކު ސޮއިކޮށްފިއެވެ.

މި ޕެކޭޖުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް:

  • މާލޭގައި ޤާއިމްކޮށްފައިވާ 16 ޕަންމްޕް ސްޓޭޝަން އޮޓޮމޭޓްކުރުމަށް ހަރުކުރަންޖެހޭ އާލާތްތައް ޕަންމްޕް ސްޓޭޝަންތަކުގައި ހަރުކުރުން.
  • މަޝްރޫޢުގެ ތެރެއިން 16 ޕަންމްޕް ސްޓޭޝަން މޮނިޓަރ ކުރުމަށްޓަކައި ސެންޓްރަލައިޒްޑް މޮނިޓަރިންގް ސްޓޭޝަންނެއް ޤާއިމްކުރުން.
  • ފެންހިންދާ ނިޒާމުގެ މެއިންޓެނަންސަށް ބޭނުންވާ ޖެޓިންގެ ވެހިކަލްއެއް ފޯރުކޮށްދިނުން.

17 ފެބުރުވަރީ 2026 ގައި ސޮއިކުރެވުނު މި އެއްބަސްވުމަކީ 247,000,000.00 (ދުއިސައްތަ ސާޅިސް ހަތްމިލިޔަން ) ޖަޕަނީޒް ޔެންގެ އެއްބަސްވުމެކެވެ. 487 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި މި މަސައްކަތުގެ ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރާނީ ޖޮއިންޓް ވެންޗަރ އޮފް އޮރިއެންޓަލް ކޮންސަލްޓަންޓްސް ގްލޯބަލް ކޮމްޕެނީ ލިމިޓެޑް އެންޑް ޔަޗިއޯ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓެޑް އެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދެވެ. އަދި ޓެކް އިންޓަރނޭޝަނަލް އިންކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ މިސްޓަރ މަކޯޓޯ ޔޮކޮށީ، އެވެ.