logo
banner image

"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ޖަދުވަލް

މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.

އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ގަވައިދުގެ "ޖަދުވަލް" އެވެ.

ޖަދުވަލު 1

1.

މި ގަވާއިދުގެ 10.22 ވަނަ މާއްދާގެ (ނ) ގެ ދަށުން ކުރިޔަށްގެންދާ ޕްރޮކިޔުމަންޓުތައް ފިޔަވައި، ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރުމުގައި ހުއްދަދިނުމަށް ދަރަޖަކޮށްފައިވާ ގޮތާއި، ހުއްދަދެވޭނެ އަގާއި، ހުއްދަދޭނެ ފަރާތް، ތިރީގައިވާ ތާވަލުގައި މިވަނީއެވެ.

1 -/2,000 (ދެހާސް) ރުފިޔާއާ ހަމަޔަށް - ޒިންމާދާރު ޕްރޮކިއުމަންޓް އޮފިސަރު ނުވަތަ ލިޔުމަކުން ހުއްދަދީފައިވާ އޭނާގެ ދަށުގައިވާ މުވައްޒަފަކު

2 -/2,000 (ދެހާސް) ރުފިޔާއިން ފެށިގެން -/35,000 (ތިރީސް ފަސްހާސް) ރުފިޔާއާ ހަމަޔަށް - މާލީ ޒިންމާދާރު ވެރިޔާ ނުވަތަ އެ ޒިންމާ އަދާކުރުމަށް ލިޔުމަކުން އޭނާ ހުއްދަދީފައިވާ ފަރާތެއް

3 -/35,000 (ތިރީސް ފަސްހާސް) ރުފިޔާއިން ފެށިގެން -/5,000,000 (ފަސް މިލިޔަން) ރުފިޔާއާ ހަމަޔަށް - ބިޑް ކޮމިޓީ

4 -/5,000,000 (ފަސް މިލިޔަން) ރުފިޔާއިން މަތި - ނޭޝަނަލް ޓެންޑަރ ބޯޑު

2. މި ގަވާއިދުގެ 10.19 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް، އެކި ފަރާތްތަކުން ކޯޓޭޝަން ހޯދައިގެން ތަކެތި ގަނެވޭނީ ނުވަތަ ޚިދުމަތެއް ހޯދޭނީ، މަތީގައިވާ ތާވަލުގެ ތެރެއިން ދަރަޖަ 1 އާއި ދަރަޖަ 2 އަށް ފެތޭ ޕްރޮކިޔުމަންޓްތަކުގައެވެ.

3. މި ގަވާއިދުގެ 10.26 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އާންމުކޮށް ޝާއިޢުކުރާނީ، މަތީގައިވާ ތާވަލުގެ ދަރަޖަ 3 އާއި ދަރަޖަ 4 އަށް ފެތޭ ޕްރޮކިޔުމަންޓްތަކެވެ.

4. މި ގަވާއިދުގެ 10.17 ވަނަ މާއްދާގެ (ށ) އާއި، 10.18 ވަނަ މާއްދާގެ (ރ) އާއި، 10.26 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތަށް، ހަމައެކަނި ދިވެހިރާއްޖޭގެ ފަރާތްތަކަށް ބީލަމުގައި ބައިވެރިވެވޭގޮތަށް ފުރުޞަތު ހަނިކުރެވޭނީ، އެ ޕްރޮކިއުމަންޓަކަށް ލަފާކޮށްފައިވާ ޖުމުލަ އަގު -/2,500,000 (ދެ މިލިޔަން ފަސްލައްކަ) ދިވެހި ރުފިޔާއަށްވުރެ ބޮޑުނޫންނަމައެވެ.

5. މި ގަވާއިދުގެ 10.33 ވަނަ މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް، އެ ޕްރޮކިއުމަންޓަކަށް ލަފާކޮށްފައިވާ އަގު -/5,000,000 (ފަސް މިލިޔަން) ދިވެހި ރުފިޔާއަށްވުރެ ބޮޑުނަމަ، ޓެންޑަރަށް ހުޅުވައިލުމުގެ ދަޢުވަތު ބައިނަލްއަގުވާމީ ފެންވަރުގެ މީޑިޔާއެއްގައި ނުވަތަ ވެބްސައިޓެއްގައި ޝާއިޢުކުރެވިދާނެއެވެ.

6. ތިރީގައި ބަޔާންކޮށްފައި މިވަނީ، މި ގަވާއިދުގެ 10 ވަނަ ބާބުގެ ވަކިވަކި މާއްދާތަކަށް ޢަމަލުކުރަން ލާޒިމްވާ މިންގަނޑުތައް އަންގައިދޭ ތާވަލެކެވެ.

ނަންބަރު މާއްދާ ޕްރޮކިޔުމަންޓްގެ ޖުމުލަ އަގު (ދިވެހި ރުފިޔާއިން)

1 10.38 (އ) (4) (ބިޑް ސެކިއުރިޓީއާއި ޕަރފޯމަންސް ގެރެންޓީ) -/500,000 (ފަސްލައްކަ) ރުފިޔާއިން ފެށިގެން މަތި

2 10.61 (އެޑްވާންސަށް ފައިސާ ދިނުން) -/250,000 (ދެލައްކަ ފަންސާސް ހާސް) ރުފިޔާއިން ފެށިގެން މަތި

3 10.62 (ރިޓެންޝަން ފައިސާ އަގުން އުނިކުރުމާއި، އެ ފައިސާ އަނބުރާ ދޫކުރުން) -/500,000 (ފަސްލައްކަ) ރުފިޔާއިން ފެށިގެން މަތި

3.1 10.62 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ 2.1 -/5,000,000 (ފަސް މިލިޔަން) ރުފިޔާއަށްވުރެ ދަށް

3.2 10.62 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ 2.2 -/5,000,000 (ފަސް މިލިޔަން) ރުފިޔާއިން ފެށިގެން މަތި

4 10.63 (ނިމޭ މަސައްކަތަށް އަގު ދިނުން) -/500,000 (ފަސްލައްކަ) ރުފިޔާއިން ފެށިގެން މަތި

4.1 10.63 ވަނަ މާއްދާގެ (ހ) -/5,000,000 (ފަސް މިލިޔަން) ރުފިޔާއިން ފެށިގެން ދަށް

4.2 10.63 ވަނަ މާއްދާގެ (ށ) -/5,000,000 (ފަސް މިލިޔަން) ރުފިޔާއިން މަތި

5 10.65 (ލިކުއިޑޭޓަޑް ޑެމޭޖަސް)

5.1 10.65 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު -/5,000,000 (ފަސް މިލިޔަން) ރުފިޔާއިން ދަށް

5.2 10.65 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު -/5,000,000 (ފަސް މިލިޔަން) ރުފިޔާއިން މަތި

ނިމުނީ...