logo
banner image

"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 19 - 19.01 "މާނަކުރުން"

މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.

އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 19 "އެހެނިހެން" އާއި ޕްރޮކިއުމަންޓް ނިޒާމުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތަކާއި ގުޅޭ މާއްދާތަކެވެ.

މާނަކުރުން

19.01

(ށ) މި ގަވާއިދުގައި ހިމަނައިފައިވާ "ދައުލަތުގެ މުދާ" ނުވަތަ "ދައުލަތުގެ ފައިސާ" އަދި "ދައުލަތުގެ އޮފީސް"، މިއިން ކޮންމެ ޢިބާރާތެއް މާނަކުރުމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި، އެ އޮތޯރިޓީގެ މުދާ ނުވަތަ ފައިސާ އިސްތިސްނާވާނެއެވެ. އަދި އެ އޮތޯރިޓީގެ ބެލުމުގެ ދަށުގައިވާ މުދަލާއި ފައިސާއާމެދު ޢަމަލުކުރަންވާނީ،ޤާނޫނު ނަންބަރު 6/81 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު 1981) ގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީންނެވެ.

(ނ) މި ގަވާއިދުގައި ހިމަނައިފައިވާ "ދައުލަތުގެ މުދާ" ނުވަތަ "ދައުލަތުގެ ފައިސާ" އަދި "ދައުލަތުގެ އޮފީސް"، މިއިން ކޮންމެ ޢިބާރާތެއް މާނަކުރުމުގައި ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްތިސްނާވާނެއެވެ.

(ރ) މި ގަވާއިދުގައި މުފްރަދުކޮށް ގެނެސްފައިވާ ލަފުޒުތައް އެ ލަފުޒުތަކުގެ ޖަމްޢު މާނައިގައްޔާއި، ޖަމްޢުކޮށް ގެނެސްފައިވާ ލަފުޒުތައް އެ ލަފުޒުތަކުގެ މުފުރަދު މާނައިގައި ބޭނުންކުރެވޭނެއެވެ. އަދި މި ގަވާއިދުގައި މާނަކޮށްދީފައިވާ ލަފުޒެއް ބަހުގެ ހަމަތަކަށާއި ވާހަކަދައްކާ އުސޫލުތަކަށް ބަދަލުވަމުންދާ ހާލަތްތަކުގައި، ލަފުޒު ބަދަލުވަމުންދާ ގޮތުގައި ވެސް އެ މާނަ ދޭހަކުރެވިދާނެއެވެ.

ގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީޚު

19.02

(ހ) މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

(ށ) މި ގަވާއިދަށް ޢަމަލުކުރަން ފެށުމާއެކު، 20 ފެބުރުވަރީ 2017 ގައި ޢަމަލުކުރަން ފެށި ގަވާއިދު ނަންބަރު 2017/R-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާއި، އެ ގަވާއިދަށް ގެނެސްފައިވާ އިޞްލާޙުތައް އުވުނީއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، 20 ފެބުރުވަރީ 2017 ގައި ޢަމަލުކުރަން ފެށި ގަވާއިދު ނަންބަރު 2017/R-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާއި، އެ ގަވާއިދަށް ގެނެސްފައިވާ އިޞްލާޙުތަކުގެ ދަށުން ނެރެފައިވާ އުސޫލުތަކާއި ސަރކިއުލަރތަކުގެ ތެރެއިން މި ގަވާއިދާ ތަޢާރުޟުނުވާ އެންމެހައި އުސޫލުތަކާއި ސަރކިއުލަރތައް ދެމިއޮންނާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، 20 ފެބުރުވަރީ 2017 ގައި ޢަމަލުކުރަން ފެށި ގަވާއިދު ނަންބަރު 2017/R-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާއި، އެ ގަވާއިދަށް ގެނެސްފައިވާ އިޞްލާޙުތަކުގެ ދަށުން މި ގަވާއިދާ ތަޢާރުޟުނުވާ ގޮތަށް އުފައްދައިފައިވާ ބޯޑުތަކާއި ކޮމިޓީތައް ދެމިއޮންނާނެއެވެ.

(ބ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، 20 ފެބުރުވަރީ 2017 ގައި ޢަމަލުކުރަން ފެށި ގަވާއިދު ނަންބަރު 2017/R-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާއި، އެ ގަވާއިދަށް ގެނެސްފައިވާ އިޞްލާޙުތަކުގެ ދަށުން ނެރެފައިވާ އުސޫލުތަކާއި ސަރކިއުލަރތަކުގެ ތެރެއިން މި ގަވާއިދާ ތަޢާރުޟުނުވާ އެންމެހައި އުސޫލުތަކާއި ސަރކިއުލަރތައް ދެމިއޮންނާނެއެވެ.