logo
banner image

"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 17 - 18.13 އުސޫލު ހެދުން

މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.

އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 18 "ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ އިޖުތިމާޢީ ސިޔާސަތެއްގެ ދަށުން އަދި އިޖުތިމާޢީ ސިޔާސަތެއްގެ ދަށުން ހިންގޭ މަޝްރޫޢުތައް ކުރިޔަށް ގެންދިއުން" އާއި ޕްރޮކިއުމަންޓް ނިޒާމުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތަކާއި ގުޅޭ މާއްދާތަކެވެ.

އުސޫލު ހެދުން

18.13

(ހ) މި ބާބުގެ ދަށުން، ކައުންސިލްތައް ފިޔަވައި، ދައުލަތުގެ އޮފީސްތަކުން ކުރިޔަށްގެންދާ މަޝްރޫޢުތައް ކުރިޔަށް ގެންދިއުމުގެ އުސޫލު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނުވަތަ އެ އޮފީހުން ކަނޑައަޅާ ފަރާތަކުން ހަދައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރަންވާނެއެވެ.

(ށ) ލޯކަލް ކައުންސިލްތަކުން ހިންގާ މަޝްރޫޢުތައް ކުރިޔަށް ގެންދާނެގޮތުގެ އުސޫލު، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ލަފަޔާއެކު މިނިސްޓްރީން އެކުލަވައިލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރަންވާނެއެވެ.