logo
banner image

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއެކު މަސައްކަތްކުރާ ޖަމިއްޔާތަކާ މި ވުޒާރާއިން ބައްދަލުކުރައްވައިފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުގައި މަސައްކަތްކުރާ ޖަމިއްޔާތަކާއެކު މި ވުޒާރާއިން މިއަހަރަށް ރާވާފައިވާ ހަރަކާތްތައް ފެށުމުގެ ގޮތުން ބާއްވާ ބައްދަލުވުންތަކުގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ.

މި މަހުގެ 16 ވަނަ ދުވަހު މި ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ވަޒީރު ޑރ ޢައިޝަތު ޝިހާމް ވަނީ ބައިވެރިންނާ ބައްދަލުކުރައްވައި، މިއަހަރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.