ގެމްބިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ޚާރިޖީ ވަޒީރު ޑރ. ޚަލީލް ގެމްބިއާގެ ޚާރިޖީ ވަޒީރަށް ތަހުނިޔާ ފޮނުއްވައިފި
ގެމްބިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު، ސެރިންގް މޮޑޫ އެންޖީ އަށް، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ތަހުނިޔާގެ މެސެޖެއް ފޮނުއްވަފިއެވެ.
ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.
"ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، މަނިކުފާނަށާއި، ގެމްބިއާގެ ސަރުކާރަށާއި ރައްޔިތުންނަށް، މިނިވަން ދުވަހާ ގުޅިގެން ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރަމެވެ.
ކުރިއަށް އޮތް އަހަރުތަކުގައި ދެޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން އެއްބާރުލުން ދީގެން، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އަޅުގަނޑު ޔަޤީންކުރަމެވެ.
އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ."
