މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2025 ގައި ޑީއެސްސީގެ ހަތަރު އެތުލީޓަކު އެވޯޑު ހާސިލުކޮށްފި
''މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2025'' ގައި ދިވެހި ސިފައިންގެ ކުލަބް (ޑީއެސްސީ)ގެ ހަތަރު އެތުލީޓަކު އެވޯޑް ޙާޞިލްކޮށްފިއެވެ.
ކުޅިވަރާ ބެހޭ ވުޒާރާއިން އިންތިޒާމް ކޮށްގެން ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި މި ހަފުލާގައި، ޑީއެސްސީގެ އެތުލީޓުންނަށް އެވޯޑް ލިބިފައިވާ ދާއިރާތަކުގެ ތެރޭގައި، ސްޕޯޓްސްމެން އޮފް ދަ އިޔަރ އެތުލެޓިކްސްއިން ސްޓާފް ސާޖަންޓް ޙަސަން ސާއިދުއާއި، ސްޕޯޓްސްވިމެން އޮފް ދަ އިޔަރ އެތުލެޓިކްސްއިން ޕްރައިވެޓް ފަޞުޙާ އަހްމަދު ހިމެނެއެވެ.
މީގެއިތުރުން، ސްޕޯޓްސްމެން އޮފް ދަ އިޔަރ ޝޫޓިންގއިން ކޯޕްރަލް އިބްރާހީމް ޝިފާންއަށް ލިބިފައިވާ އިރު، އޮލިމްޕިކް ނޫން ކުޅިވަރުތަކުން ސްޕޯޓްސްމެން އޮފް ދަ އިޔަރ ބްރޯންޒް މެޑެލި ކޯޕްރަލް ޢަބްދުﷲ އަޙްސަންއަށް ވަނީ ލިބިފައެވެ.
މި އެވޯޑަށް ހަ ދާއިރާއަކުން ޑީއެސްސީގެ 8 އެތުލީޓުން ނޮމިނޭޓްވެފައި ވެއެވެ.
