logo
banner image
ދިފާޢީ ވުޒާރާ

ސ.ހުޅުދޫ އަދި މީދޫ ރައްޔިތުންނަށް ފަޔަރ އެވެއަރނެސް ސެޝަނެއް ކުރިއަށް ގެންގޮސްފި

ސ. ހުޅުދޫ އަދި މީދޫ ރައްޔިތުންނަށް ބޭއްވި މާހެފުމުގެ ބައިވެރިންނަށް ފަޔަރ އެވެއަރނެސް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ހުޅުމީދޫ ޕޮލިސް ސްޓޭޝަން ކައިރީގައި އޮންނަ ހުސް ބިމުގައި ކުރިއަށް ގެންދިޔަ މި ސެޝަނަކީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން އިންތިޒާމުކޮށްގެން ހުޅުދޫ އަދި މީދޫ މުވައްސަސާތަކާ ގުޅިގެން ދެ ރަށުގެ ރައްޔިތުންނަށް އަލިފާނުގެ ހާދިސާ ތަކުން ރައްކާތެރި ވުމާ ބެހޭ މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ސެޝަނެކެވެ. 300 އަށްވުރެ ގިނަ ފަރާތުން ބައިވެރިވި މި ސެޝަނުގައި ބަދިގޭގައި ހިނގާ އަލިފާނުގެ ހާދިސާތަކުން ރައްކާތެރި ވުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭ މަޢުލޫމާތު ދީފައިވެއެވެ.

މި ސެޝަން ނަގައިދީފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ހުޅުމީދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ މަނުންނެވެ.