logo
banner image
ދިފާޢީ ވުޒާރާ

އެސޯސިއޭޝަން ޗެމްޕިއަންޝިޕް ޑީއެސްސީން 6ވަނަ ފަހަރަށް ހޯދައިފި

13 ވަނަ މައިލޯ އެސޯއިއޭޝަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ)އިން 6ވަނަ ފަހަރަށް ހޯދައިފިއެވެ.

މާލޭ ސިންތެޓިކް ޓްރެކް ދަނޑުގައި ބޭއްވި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ފެބުރުވަރީ 14 ވަނަ ދުވަހު ޗެމްޕިއަން ޓްރޮފީ ދިވެހި ސިފައިންގެ ކުލަބާ ހަވާލުކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.

މި މުބާރާތުގެ ފިރިހެން ބެސްޓް އެތުލީޓުގެ މަޤާމު ހާސިލުކުރީ ޑީއެސްސީގެ ސްޓާފް ސާޖަންޓް ޙަސަން ސާއިދުއެވެ.

މި މުބާރާތުގައި ޑީއެސްސީގެ އެތުލީޓުން ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު، މެންސް 5000 މީޓަރު ދުވުމުން ސްޓާފް ސާޖަންޓް މުޙައްމަދު ރަޝީދު ވަނީ ރިހި މެޑެލި ހާސިލުކޮށްފައެވެ. ވިމެންސް ލޯންގް ޖަމްޕުން ޕްރައިވެޓް އައިޝަތު ސައިމް ޢަޒީޒް ވަނީ ރަން މެޑެލި ހާސިލުކޮށްފައެވެ. މެންސް 800 މީޓަރު ދުވުމުން ސާޖަންޓް ޙުސައިން ރިޒާ ރަން މެޑެލި ހާސިލުކުރި އިރު، ސްޓާފް ސާޖަންޓް ޙުސައިން ފަޒީލް ހާރޫން ވަނީ އެ އިވެންޓުން ރިހި މެޑެލި ހާސިލުކޮށްފައެވެ. މެންސް ޓްރިޕަލް ޖަމްޕުން ލާންސް ކޯޕްރަލް މުޙައްމަދު ޖައިލަމް ވަލީދު ރަން މެޑެލި ހާސިލުކުރި އިރު، ލާންސް ކޯޕްރަލް އަޙްމަދު ލަޔާން ވަނީ އެ އިވެންޓުން ރިހި މެޑެލި ހާސިލުކޮށްފައެވެ. ކޯޕްރަލް ޙަސަން ޝައްމޫން، މެންސް ޝޮޓް ޕުޓްއިން ގޯލްޑް މެޑެލި ހާސިލުކޮށްފައެވެ. މެންސް ލޯންގް ޖަމްޕުން ލާންސް ކޯޕްރަލް އީސާ ޝަފީއު ވަނީ ރިހި މެޑެލި ހާސިލުކޮށްފައެވެ. ވިމެންސް 800 މީޓަރު ދުވުމުން ޕްރައިވެޓް ފަސުހާ އަޙްމަދު ރަން މެޑެލް ހާސިލްކޮށް ރިކޯޑެއް ހަދާފައެވެ. ވިމެންސް ހައި ޖަމްޕުން ޕްރައިވެޓް އައިޝަތު ސައިމް ޢަޒީޒް ވަނީ ރަން މެޑެލި ހާސިލުކޮށްފައެވެ. ކޯޕްރަލް ޙަސަން ޝައްމޫން، ޑިސްކަސްއިން ގޯލްޑް މެޑެލި ހާސިލުކޮށްފައެވެ.

މެންސް ޖެވެލިންގއިން ލާންސް ކޯޕްރަލް ސުޒައިނު މުޙައްމަދު ވަނީ ރިހި މެޑެލި ހާސިލުކޮށްފައެވެ. މެންސް 1500 މީޓަރު ދުވުމުން ސާޖަންޓް ޙުސައިން ރިޒާ ވަނީ ރަން މެޑެލި ހާސިލުކޮށްފައެވެ. މެންސް 100 މީޓަރ ދުވުމުން ސްޓާފް ސާޖަންޓް ޙަސަން ސާއިދު ވަނީ ރަން މެޑެލި ހާސިލުކޮށް ރިކޯޑެއް ހާދާފައެވެ. 4 ގުނަ 100 މީޓަރު ރިލޭއިން ޑީއެސްސީ ޓީމް ވަނީ ރަން މެޑެލި ހާސިލުކޮށްފައެވެ. އަދި 4 ގުނަ 400 މީޓަރު ރިލޭއިން ޑީއެސްސީ މެންސް އަދި ވިމެންސް ޓީމުން ވަނި ރަން މެޑެލި ހާސިލުކޮށްފައެވެ.

ދިވެހި ސިފައިންގެ ކުލަބުން މި މުބާރާތް ކާމިޔާބުކޮށްފައިވާ އަހަރުތަކަކީ 2009، 2022، 2023، 4202، 2025 އަދި 2026ވަނަ އަހަރެވެ.