ބްލިސް ކެއަރ ފައުންޑޭޝަންގެ ދަރިވަރުންނަށް ފަޔަރ ސޭފްޓީ ކުލާހެއް ކުރިއަށް ގެންގޮސްފި
އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ޅ. ނައިފަރު ފަޔަރ ސްޓޭޝަނުން ބްލިސް ކެއަރ ފައުންޑޭޝަންގެ ދަރިވަރުންނަށް، ފަޔަރ ސޭފްޓީ ކުލާހެއް ކުރިއަށްގެންގޮސްފިއެވެ.
މިއަދު ނައިފަރު ފުޓުބޯޅަދަނޑު ކައިރީ ހުސްބިމުގައި ކުރިއަށްގެންދިޔަ މި ކުލާހުގައި ކިޔަވައިދީފައިވާ ބައިތަކުގެ ތެރޭގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، އަލިފާންނިވި އަދި ފަޔަރ ބްލޭންކެޓް ބޭނުން ކުރާނެގޮތުގެ މުހިންމު މަޢުލޫމާތުތައް ހިމެނެއެވެ.
އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ނައިފަރު ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ކިޔަވައިދިން މި ކުލާހުގައި، އެ ފައުންޑޭޝަންގެ 80 ދަރިވަރުން ބައިވެރިވިއެވެ.
