އެމް.އެން.ޔޫ އަދި އިޓަލީ އެމްބަސީއިން ކަނޑުގެ ދިރުންތަކާއިގުޅޭ ހަފްލާއެއް ބާއްވައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) އަދި އިޓަލީ އެމްބަސީގެ ފަރާތުން "ދަ ފްރެޖައިލިޓީ އެންޑް ބިއުޓީ އޮފް މެރިން އިކޯސިސްޓަމް"ގ ނަމުގައި ކަނޑުގެ ދިރުންތައް ތައްކުވައިދޭ ޚާއްސަ ހަފްލާއެއް ބާއްވައިފިއެވެ.
މި ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުގެ ހެނދުނު 11:30 އިން ފެށިގެން މެންދުރު 14:00އަށް އެމް.އެން.ޔޫ އޮޑިޓޯރިއަމްގައި ކުރިއަށްގެންދިޔަ މި ހަފްލާގައި އިޓަލީގެ މަޝްހޫރު މިޔުޒިކް ކޮންޒަވޭޓްރީތަކުން ވަނީ ބައިވެރިވެފައެވެ. މި ހަފްލާގެ މައިގަނޑު މަޤްސަދަކީ މިޔުޒިކް ފަދަ ފަންނީ ވަޞީލަތްތައް މެދުވެރިކޮށް އާންމުންގެ މެދުގައި ކަނޑުގެ ދިރުންތަކާއި ދިވެހިރާއްޖޭގެ ތިމާވެއްޓާމެދު ޝައުގުވެރިކަން އުފެއްދުމެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ ފަރާތުން އެކި ޤައުމުތަކާއިއެކު ބާއްވާ މިފަދަ ބައިނަލްއަޤްވާމީ ހަފްލާތަކުގެ ސަބަބުން ބޭރުގެ ޤައުމުތަކާއި ގުޅުން ބަދަހިވެ، ދިވެހިންގެ މަޢުލޫމާތު މުއްސަނދިވުމުގެ ފުރުޞަތު އިތުރުވެގެންދާނެއެވެ.
