logo
banner image

މާލޭގެ އިރުމައްޗާއި އުތުރުފަރާތުގެ ތޮށިގަނޑު އަލުން މަރާމާތުކޮށް ހެދުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމެންޓް ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ "ޕްރޮޖެކްޓް ފޮރ ޑިޒާސްޓަރ ރެޒިލިއެންސް އެންހޭންސްމަންޓް އިން މާލެ އައިލެންޑް" ގެ ޕެކޭޖް 1 ގެ އެއްބަސްވުމުގައި ޖަޕާނުގެ ޓޯޔޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑް އާއެކު ސޮއިކޮށްފިއެވެ.

10 ފެބުރުވަރީ 2026 ގައި ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން، މާލޭގެ އިރުމައްޗާއި އުތުރު ފަރާތުގެ ތޮށިގަނޑު މަރާމާތުކޮށް އަލުން ހެދުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢަކީ 700,000,000 (ހަތްސަތޭކަ މިލިޔަން) ޖަޕަނީޒް ޔެންގެ މަޝްރޫޢެކެވެ.

487 ދުވަހުގެ ތެރޭގައި ނިންމުމަށް ޓޯޔޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑަށް މި މަޝްރޫޢު ހަވާލުކޮށްފައިވާއިރު، މި މަޝްރޫޢުގެ ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރާނީ އޮރިއެންޓަލް ކޮންސަލްޓަންޓްސް ގްލޯބަލް ކޮމްޕެނީ ލިމިޓެޑުންނެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޓް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް ޠަޢާމު މުޙައްމަދެވެ. ޓޯޔޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ މިސްޓަރ އިޒާވާ ކަން އެވެ.