logo
banner image

އިސްރަށްވެހިންގެ ނާދީގައި އިސްރަށްވެހިންނަށް އަމާޒުކޮށްގެން ޙާއްސަ މާހެފުމެއް

އިސްރަށްވެހިންގެ ނާދީގައި އިސްރަށްވެހިންނަށް އަމާޒުކޮށްގެން ޙާއްސަ މާހެފުމެއް ކުރިއަށް ގެންގޮސްފިއެވެ.

އިސްރަށްވެހިންނަށް އަމާޒުކޮށްގެން ތަފާތު ކުޅިވަރުތައް ކުރިއަށް ގެންދެވުނު މި ހަރަކާތުގައި ގިނަ އަދަދެއްގެ އިސްރަށްވެހިން ބައިވެރިވެ، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްފައިވެއެވެ.

އިސްރަށްވެހިންގެ ނާދީގައި މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ މައިގަނޑު މަޤްޞަދަކީ، ނާދީގެ މެންބަރުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، އިސްރަށްވެހިންނަށް އުފާވެރި އަދި ހިތްފަސޭހަ މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުސަތުތައް ފަހިކޮށްދިނުމެވެ.