logo
banner image

ބަޔޯޕެސްޓިސައިޑް: އަތަފަތު ބޭސް

ދަނޑުވެރިކަމުގައި ބޭނުންކުރާ ބޭސްތަކަކީ ހުރިހާ ގޮތަކުން ރައްކާތެރިއެއްޗަކަށް ވާންޖެހެއެވެ. އެހެންވީމާ ގަސްތަކަށް ޖަހާ ބޭހަކީ ރައްކާތެރި އެއްޗަކަށް ހެދުމަށް ބަޔޯޕެސްޓިސައިޑް ނުވަތަ ރައްކާތެރި ގޮތުގައި ތައްޔާރު ކުރެވޭ ބޭހެއް ބޭނުންކުރުން ވަރަށް މުހިންމެވެ. މިފަދަ ބޭސްތައް ހިއްސާ ކުރުމުގެ ގޮތުން މި ބަލާލަނީ އަތަފަތު ބޭސް ތައްޔާރުކުރާނެގޮތެވެ.

ބޭނުންވާ ތަކެތި

500ގ އަތަފަތް

12- 17 ލިޓަރ ފެން

ބޭސް ތައްޔާރު ކުރާނެ ގޮތް

2 ލީޓަރުގެ ފެނަށް އަތަފަތް އަޅައިގެން ކައްކާށެވެ. ފެން ހިދެމުން ގޮސް ބައި ލިޓަރަށް ވަންދެން ކައްކަން ވާނެއެވެ. ދެން ހިހޫ ވުމުން ފުރާނާލާށެވެ.

ބޭނުން ކުރާނެ ގޮތް

ފުރާނާފައި ހުރި ފެނަށް އިތުރު 10-15 ލީޓަރު ފެން އެއްކޮށްލާށެވެ. ދެން ބޭސް ޖަހާ ބުންބާ އަކުން ބަލި ޖެހިފައި ހުންނަ ގަސްތަކަސް ސްޕްރޭ ކޮށްލާށެވެ.

ކޮންޓްރޯލް ކުރެވޭނެ ބަލިތައް

  1. އެޕިޑްސް
  2. ބްރައުން ޕްލާންޓް ހޮޕަރ
  3. ކެޓަރޕިލާ
  4. ކޮފީ ގްރީން ސްކޭލް
  5. ޑައިމަންޑު ބެކް މޮތު
  6. ގްރީން ބަގްސް

ނޯޓު: ބޭސް ޖަހާއިރު ތިމާގެ ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް ފުރިހަމަ ކުރަން ވާނެއެވެ