ޗައިނާގެ "ތާރޑް އިންސްޓިޓިއުޓް އޮފް އޯޝަނޯގްރަފީގެ ވަފުދާ މި ވުޒާރާގެ އިސްބޭފުޅުން ބައްދަލުކުރައްވައިފި
ޗައިނާގެ "ތާރޑް އިންސްޓިޓިއުޓް އޮފް އޯޝަނޯގްރަފީ" އިން ރާއްޖެއަށް ޒިޔާރަތްކުރި ވަފުދާ މި ވުޒާރާގެ އިސްބޭފުޅުން ބައްދަލުކުރައްވައިފިއެވެ.
މި ވުޒާރަގައި ބޭއްވި ބައްދަލުކުރެއްވުމުގައި ސްޓޭޓް މިނިސްޓަރ އާމިނަތު ޙުސައިން ޝަރީފްއާއި ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވީ ކަނޑުގެ ދިރާސާތަކުގެ ދާއިރާއިން ދެ ގައުމަށް ފައިދާހުރި ގޮތެއްގައި ގުޅިގެން މަސައްކަތް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންނެވެ.

މީގެއިތުރުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ދަށުން ހިނގަމުންދާ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (MMRI) އާއި ޗައިނާގެ ތާރޑް އިންސްޓިޓިއުޓް އޮފް އޯޝަނޯގްރަފީއާ ދެމެދު ގުޅިގެން މަސައްކަތް ކުރުމުގެ "ލެޓަރ އޮފް އިންޓެންޓް" ދެ ގައުމުން ވަނީ ބަދަލުކޮށްފައެވެ. މީގެ ސަބަބުން ސައިންޓިފިކް ދިރާސާތައް ކުރިއެރުވުމަށާއި، ދެމެހެއްޓެނިވި މަސްވެރިކަމުގެ އިތުރުން ކަނޑުގެ ވަސީލަތްތައް ހެޔޮގޮތުގައި ބެލެހެއްޓުމުގެ ދާއިރާއިން ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، ހަރުދަނާވެގެންދާނެއެވެ.
