ގައުމީ މަސްވެރިކަމުގެ އިންވެންޓްރީ އެކުލަވައިލުމަށް ބޭއްވިމަސައްކަތު ބައްދަލުވުން
ގައުމީ މަސްވެރިކަމުގެ އިންވެންޓްރީ އެކުލަވައިލުމަށް ބޭއްވި ދެ ދުވަހުގެ މަސައްކަތު ބައްދަލުވުން މި ވުޒާރާއިން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ބޭ އޮފް ބެންގޯލް ޕްރޮގްރާމް އިންޓަރ-ގަވަމަންޓަލް އޯގަނައިޒޭޝަން (BOBP-IGO) އާ ގުޅިގެން، އެފް.އޭ.އޯ (FAO) ގެ ފިޝްމެޕް ޑޭޓާބޭސްއަށް ބޭނުންވާ ގައުމީ މަސްވެރިކަމުގެ އިންވެންޓްރީ އެކުލަވައިލުމަށް ބޭއްވި ދެ ދުވަހުގެ މަސައްކަތު ބައްދަލުވުމެކެވެ.
މި މަސައްކަތު ބައްދަލުވުމުގެ ޓެކްނިކަލް ސެޝަންތަކުގައި މި ވުޒާރާގެ އިތުރުން މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމް.އެމް.އާރު.އައި) ގެ ފަންނީ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުންތަކުގެ ސަބަބުން، އިންވެންޓްރީ ފުރިހަމަކުރުމަށް ބޭނުންވާ މައުލޫމާތާއި އިލްމީ ހޯދުންތައް އިތުރަށް މުއްސަނދިވެގެންދާނެއެވެ.
ބޭ އޮފް ބެންގޯލް ޕްރޮގްރާމް އިންޓަރ-ގަވަމަންޓަލް އޯގަނައިޒޭޝަން (BOBP-IGO) އަކީ އަބަދުވެސް މި ވުޒާރާއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޖަމިއްޔާއެކެވެ.
