logo
banner image

ތ.ހިރިލަންދޫ ހުޅަނގު ދެކުނުން 12 މޭލު ބޭރުގައި ދޮށީ ކަނދުފަތި އަޅައިފި

ތ.ހިރިލަންދޫ ހުޅަނގު ދެކުނުން 12 މޭލު ބޭރުގައި ދޮށީ ކަނދުފަތި އަޅައިފިއެވެ.

މި ދޮށީ ކަނދުފަތީގެ ނަންބަރަކީ L08D01-01 އެވެ.

މި ދޮށީ ކަނދުފަތި އަޅާފައިވާ ލޮކޭޝަނަކީ:

2°11.000’N

46.700 72°’E

މި ދޮށީ ކަނދުފަތި ޤާއިމްކުރުމުގެ ސަބަބުން އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއަރާދާނެއެވެ. މި ދޮށީ ކަނދުފަތި ޤާއިމްކުރުމާ ގުޅިގެން އެ ސަރަޙައްދުގެ މަސްވެރިން، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ.

ކަނދުފަތި ޤާއިމްކުރުމަކީ ސަރުކާރުގެ މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރަމުން ގެންދާ މުހިންމު މަސައްކަތެކެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކަނދުފަތި ޤާއިމްކުރުމުގެ މަސައްކަތް މި ވުޒާރާއިން އަންނަނީ ކުރަމުންނެވެ.