logo
banner image

7. އިސްރަށްވެހީންނާ ގާތް ސަރުކާރަކަށް އަބަދުވެސް މި ސަރުކާރުވާނެ: ރައީސް

އިޖްތިމާޢީ ގޮތުން ރައްކާތެރި، ހަމަޖެހޭ މުޖުތަމަޢަކަށް މި މުޖުތަމަޢު ހެދުމުގެ ލަނޑުދަނޑި ކާމިޔާބު ކުރުމަށްޓަކައި މިއަދުގެ ޖީލުތައް މިއަދާ ހަމައަށް އުފުލައިދިން އިސްރަށްވެހީންނާ ގާތް ސަރުކާރަކަށް އަބަދުވެސް މި ސަރުކާރުވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހުގައި ދެއްވި ރިޔާސީ ބަޔާނުގައެވެ. އެގޮތުން، ދުޅަހެޔޮކަމާއި އަބުރުވެރިކަމާއެކު މުޖުތަމަޢުގެ މުހިއްމު ބައެއްގެ ގޮތުގައި އިސްރަށްވެހިން ދިރިއުޅުމަށް މަގުފަހިކޮށްދީ، އިސްރަށްވެހިންނަށް ހިތްހަމަޖެހުމާއި ދުޅަހެޔޮކަން ކަށަވަރުކުރުމުގެ ގޮތުން ފާއިތުވި އަހަރު ފެށި "އުފާވެރި ރާސްތާ" ޕްރޮގްރާމްގައި 13 އަތޮޅަކުން 1185 އިސްރަށްވެހިން ބައިވެރިވެފައިވާކަމުގައި ވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

"އުފާވެރި ރާސްތާ" ޕްރޮގްރާމަކީ އިޖުތިމާޢީ އަދި ސިއްހީ ގޮތުން ދުޅަހެޔޮ ބައެއްގެ ގޮތުގައި ތިބުމަށް އިސްރަށްވެހިން ސަމާލުކަންދޭންވީ މުހިންމުކަމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމާއި، އަދި އުފާވެރި މާހައުލަކުން އިސްރަށްވެހިން އެކަކު އަނެކަކާއި ބައްދަލުވެ ހިޔާލު ބަދަލު ކުރުމުގެ ފުރުސަތު ފަހި ކޮށްދިނުމުގެ މަޤުސަދުގައި މި ވުޒާރާއިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އުމުރުން ދުވަސްވާއިރު ޞިއްޙީގޮތުން ދުޅަހެޔޮކޮށް ހުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކަށް އަލިއަޅުވާލައި ކުރިއަށް ގެންދެވޭ މި ޕްރޮގްރާމަކީ، އިސްރަށްވެހިންގެ ދިރިއުޅުމުގެ ތަޖުރިބާތައް މި ޖީލާއި ހިއްސާކޮށްލުމަށް ފުރުޞަތު ލިބިގެންދާ އުފާވެރި ޕްރޮގްރާމެއްވެސް މެއެވެ.