އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ކެތް ލެބާއި އައިނު ފިހާރާއިގެ ޚިދުމަތް ރަސްމީކޮށް ފަށައިފި
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ކެތް ލެބާއި އައިނު ފިހާރާއިގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މި ޚިދުމަތް ރަސްމީކޮށް އެ ހޮސްޕިޓަލްގައި ފައްޓަވައިދެއްވީ މިކަމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާހިމްއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މި ފަދަ ޚިދުމަތްތައް މާލެއެކޭ އެއްފަދައިން އަތޮޅުތެރޭގައި ފެށިގެންދިއުމަކީ މިދާއިރާ ތަރައްޤީވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށެވެ. އަދި މި ދައުރުގައި މިފަދަ އިތުރު ޚިދުމަތްތައް އަތޮޅުތެރެއަށް ތަޢާރަފްކުރެވި އިންގިލާބީ ބޮޑު ބަދަލެއް މިދާރާއަށް ގެނެވޭނެ ކަމުގެ ޔަގީން ކަން ވެސް މިނިސްޓަރ ވަނީ ދެއްވާފައެވެ.
ކެތް ލެބާއި އައިނު ފިހާރާއިގެ ޚިދުމަތް ފަށާފައިވަނީ، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާއި އައިޖީއެމްއެޗާއި ގުޅިގެންނެވެ.
