logo
banner image

ތ.އޮޅުފުށި ހުޅަނގު ދެކުނުން 4 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފި

ތ.އޮޅުފުށި ހުޅަނގު ދެކުނުން 4 މޭލު ބޭރުގައި މިއަދު ވަދު ކަނދުފަތި ޤާއިމްކޮށްފިއެވެ.

މި ވަދު ކަނދުފަތީގެ ނަންބަރަކީ L08V01 އެވެ.

މި ވަދު ކަނދުފަތި ޤާއިމްކޮށްފައިވާ ލޮކޭޝަނަކީ:

02°20.700’N

50.900 72°’E

މި ވަދު ކަނދުފަތި ޤާއިމްކުރުމުގެ މަޤްޞަދަކީ އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއެރުވުމެވެ. މި ވަދު ކަނދުފަތި ޤާއިމްކުރުމުން އެ ސަރަޙައްދުގެ މަސްވެރިން، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ލިބިގެންދިޔަ ފަސޭހައެކެވެ.

ވަދު ކަނދުފަތި ޤާއިމްކުރުމަކީ ސަރުކާރުގެ މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރަމުންގެންދާ މުހިންމު މަސައްކަތެކެވެ.

މީގެއިތުރުން ކުރިއަށް އޮތް ތަނުގައި އިތުރު ކަނދުފަތިތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.