logo
banner image

"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 16 - 16.08 ޗީފް އިންޓަރނަލް އޮޑިޓަރ އައްޔަނު ކުރުމާއި ވަކިކުރުން

މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.

އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 16 "ދައުލަތުގެ އިންޓަރނަލް އޮޑިޓް" އާއި ޕްރޮކިއުމަންޓް ނިޒާމުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތަކާއި ގުޅޭ މާއްދާތަކެވެ.

ޗީފް އިންޓަރނަލް އޮޑިޓަރ އައްޔަނު ކުރުމާއި ވަކިކުރުން

16.09

(ހ) ޗީފް އިންޓަރނަލް އޮޑިޓަރުގެ މަޤާމަށް މީހަކު އައްޔަނުކުރާނީ، މިނިސްޓަރުގެ ލަފާގެ މަތީން، ރައީސުލްޖުމްހޫރިއްޔާއެވެ.

(ށ) ޗީފް އިންޓަރނަލް އޮޑިޓަރ އޭނާގެ މަޤާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، އެކަން ބަޔާންކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ލިޔުމަކުން ހުށަހަޅައި، އެ ލިޔުން ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން، ޗީފް އިންޓަރނަލް އޮޑިޓަރ އެ މަޤާމުން ވަކިވީއެވެ.

(ނ) ޗީފް އިންޓަރނަލް އޮޑިޓަރު އޭނާގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާނުކުރެވޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެނަމަ، މިނިސްޓަރުގެ މަޝްވަރާގެ މަތީން، ޗީފް އިންޓަރނަލް އޮޑިޓަރ އޭނާގެ މަޤާމުން ވަކިކުރެވިދާނެއެވެ.

(ރ) ޗީފް އިންޓަރނަލް އޮޑިޓަރުގެ މަޤާމުން އޭނާ ވަކިކުރުމާމެދު ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ދިނުމުގައި ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮމިޓީގެ މަޝްވަރާއާއި ލަފާ ހޯދަންވާނެއެވެ. މި މަޝްވަރާ ދިނުމުގައި އަންނަނިވި ކަންތައްތަކަށް ރިޢާޔަތް ކުރާންވާނެއެވެ.

(1) ދައުލަތުގެ އިންޓަރނަލް އޮޑިޓް ފަންކްޝަނުން އެ އަހަރެއްގެ ތެރޭގައި ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތްތައް އެކަށީގެންވާ މިންވަރަކަށް ނުނިންމުން؛

(2) ދައުލަތުގެ މުވައްޒަފުންގެ ސުލޫކީ މިންގަނޑުތަކާއި އިންޓަރނަލް އޮޑިޓަރެއްގެ ހައިސިއްޔަތުން ޢަމަލުކުރުމަށް ކަނޑައެޅޭ ސުލޫކީ މިންގަނޑުތަކާ ޚިލާފުވުން؛

(3) އިންޓަރނަލް އޮޑިޓްތައް ކުރިޔަށް ގެންދިއުމުގައި މިނިވަންކަން ގެއްލޭގޮތަށް ވަކި ފަރާތަކަށް ބުރަވެހުރެ ކުރިޔަށް ގެންދިއުން.