logo
banner image

"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 16 - 16.07 ޗީފް އިންޓަރނަލް އޮޑިޓަރ / ޗީފް އިންޓަރނަލް އޮޑިޓަރުގެ މަޤާމުގެ ޝަރުޠުތައް

މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.

އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 16 "ދައުލަތުގެ އިންޓަރނަލް އޮޑިޓް" އާއި ޕްރޮކިއުމަންޓް ނިޒާމުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތަކާއި ގުޅޭ މާއްދާތަކެވެ.

ޗީފް އިންޓަރނަލް އޮޑިޓަރ

16.07

ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ 1-44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިންޓަރނަލް އޮޑިޓް ނިޒާމުގެ އެންމެހައި ކަންކަން ރާވައި ހިންގުމުގެ އެންމެ އިސްވެރިޔަކީ، ޗީފް އިންޓަރނަލް އޮޑިޓަރެވެ.

ޗީފް އިންޓަރނަލް އޮޑިޓަރުގެ މަޤާމުގެ ޝަރުޠުތައް

16.08

ޗީފް އިންޓަރނަލް އޮޑިޓަރުގެ މަޤާމަށް އައްޔަނުކުރަންވާނީ، އަންނަނިވި ޝަރުޠުތައް ފުރިހަމަވާ ފަރާތެކެވެ.

(ހ) ދިވެހި ރައްޔިތެއް ކަމުގައި ވުން.

(ށ) އިންޓަރނަލް އޮޑިޓްކުރުމުގައި ނުވަތަ އެކްސްޓަރނަލް އޮޑިޓްކުރުމުގައި މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

(ނ) ޗީފް އިންޓަރނަލް އޮޑިޓަރުގެ މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރެވޭވަރުގެ ތަޢުލީމާއި ޤާބިލުކަން ހުރި މީހަކު ކަމުގައި ވުމާއެކު، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސްގެ މެންބަރެއް ކަމުގައި ވުން.

(ރ) ކޮރަޕްޝަނުގެ ނުވަތަ ޚިޔާނާތުގެ ނުވަތަ ވައްކަމުގެ ނުވަތަ ޓެކުމުގެ ނުވަތަ މިބާވަތުގެ ފައިސާއާއި މާލީ މުޢާމަލާތްތަކާ ގުޅޭ ކުށެއް ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.