"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 16 - 16.06 ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮމިޓީގެ ބާރުތަކާއި މަސްއޫލިއް
މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.
އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 16 "ދައުލަތުގެ އިންޓަރނަލް އޮޑިޓް" އާއި ޕްރޮކިއުމަންޓް ނިޒާމުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތަކާއި ގުޅޭ މާއްދާތަކެވެ.
ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮމިޓީގެ ބާރުތަކާއި މަސްއޫލިއްޔަތުތައް
16.06
ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮމިޓީގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ތިރީގައި މިވަނީއެވެ.
(ހ) ދައުލަތުގެ މަސްއޫލު އޮފީސްތަކުގައި އޮޑިޓްގެ ނިޒާމު އުފެއްދުމަށް އެންގުމާއި، އެ ނިޒާމު ހިނގާނުހިނގާ ގޮތް ބަލައި ވިލަރެސްކުރުމާއި، ކަމާ ގުޅުންހުރި އުސޫލުތަކާއި ގައިޑްލައިންތައް ހެދުމާއި، ދައުލަތުގެ އިންޓަރނަލް އޮޑިޓުގެ ނިޒާމާ ގުޅޭ އެންމެހައި ކަންކަން ކުރުން؛
(ށ) ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު)އާއި، މި ގަވާއިދަށް ޢަމަލު ކުރެވެމުންދާކަން ކަށަވަރުކުރުމަށް، ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮމިޓީގެ މަސައްކަތާ ގުޅުންހުރި މަޢުލޫމާތު، ދައުލަތުގެ އޮފީސްތަކާއި ދައުލަތުގެ އެނޫންވެސް މުއައްސަސާތަކުން ހޯދުމާއި، އެ ތަންތަނުގެ މުވައްޒަފުން ހާޒިރުކުރަން ޖެހިއްޖެ ހިނދެއްގައި ކޮމިޓީއަށް ހާޒިރުކޮށް މަޢުލޫމާތު ހޯދުން؛
(ނ) ދައުލަތުގެ އިންޓަރނަލް އޮޑިޓުގެ މަސައްކަތް ވިލަރެސްކުރުމާއި، އިންޓަރނަލް އޮޑިޓް ރިޕޯޓުތައް ދިރާސާކޮށް، އެ ރިޕޯޓުތަކާ ގުޅޭގޮތުން މިނިސްޓަރަށް ލަފާދިނުން؛
(ރ) ދައުލަތުގެ މަސްއޫލު އޮފީސްތަކުގެ އިންޓަރނަލް އޮޑިޓުގެ ނިޒާމުގެ މުވައްޒަފުންގެ މިނިވަންކަން ކަށަވަރު ކުރުމަށް ޓަކައި އެކުލަވައިލަންޖެހޭ އުސޫލުތައް އެކުލަވައިލުން.
