"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 16 - 16.05 ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮމިޓީގެ މެންބަރުންގެ ޝަރުޠުތައް
މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.
އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 16 "ދައުލަތުގެ އިންޓަރނަލް އޮޑިޓް" އާއި ޕްރޮކިއުމަންޓް ނިޒާމުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތަކާއި ގުޅޭ މާއްދާތަކެވެ.
ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮމިޓީގެ މެންބަރުންގެ ޝަރުޠުތައް
16.05
ދައުލަތުގެ އިންޓާރނަލް އޮޑިޓް ކޮމެޓީއަށް އައްޔަނު ކުރަންވާނީ، މެންބަރުންނާ މަތިކުރެވިފައިވާ މަސްއޫލިއްޔަތު އަދާކުރެވޭނެ ފަދަ ޤާބިލްކަމާއި، ދައުލަތުގެ ހިންގުމުގެ ނިޒާމާއި ދައުލަތުގެ ވުޒާރާތަކުގެ ހިންގުމާއި ހިރާސްތަކާ ގުޅޭ މަޢުލޫމާތު ހުރި ފަރާތްތަކެވެ. އަދި އެ މެންބަރުންގެ ކިބައިގައި އަންނަނިވި ޝަރުޠުތައް ފުރިހަމަ ވާންވާނެއެވެ.
(ހ) ދިވެހި ރައްޔިތެއް ކަމުގައި ވުން.
(ށ) ކޮމިޓީއަށް އައްޔަނު ކުރެވޭ މެންބަރުންގެ ތެރެއިން 3 (ތިނެއް) މެންބަރުންނަކީ އިންޓަނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓޭންޑަޑްސް (އައި.އެފް.އާރް.އެސް) ނުވަތަ އިންޓަނޭޝަނަލް ޕަބްލިކް ސެކްޓަރ އެކައުންޓިންގ ސްޓޭންޑަޑްސް (އިޕްސާސް) ނުވަތަ އިންޓަނޭޝަނަލް ސްޓޭންޑްސް އޮން އޮޑިޓިންގ (އައި.އެސް.އޭ) ނުވަތަ އިންޓަނޭޝަނަލް ޕްރޮފެޝަނަލް ޕްރެކްޓިސަސް ފްރޭމްވަރކް (އައި.ޕީ.ޕީ.އެފް) ގެ ފަންނީ ޢިލްމު ހާސިލުކޮށްފައިވާ ފަރާތްތަކަށް ވުން. އެގޮތުން، އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް އެކައުންޓަންޓްސް (އައިފެކް) އިން ގަބޫލުކުރާ އެކައުންޓިންގ ޖަމާޢަތެއްގެ މެންބަރެއް ކަމުގައި ވުމާއެކު، އެކައުންޓިންގގެ ދާއިރާގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާތާ މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުން.
(ނ) ސާބިތު ދަރަންޏެއް އޮތް ފަރާތެއް ނަމަ، އެ ޙުކުމާ އެއްގޮތަށް ދަރަނި އަދާކުރާ ފަރާތެއް ކަމުގައި ވުން.
(ރ) ކޮރަޕްޝަނުގެ ނުވަތަ ޚިޔާނާތުގެ ނުވަތަ ވައްކަމުގެ ނުވަތަ ޓެކުމުގެ ނުވަތަ މި ބާވަތުގެ ފައިސާއާއި މާލީ މުޢާމަލާތްތަކާ ގުޅޭ ކުށެއް ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
