"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 16 - 16.04 ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮމިޓީގެ މެންބަރުން އައްޔަނު ކުރުމާއި ވަކިކުރުން
މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.
އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 16 "ދައުލަތުގެ އިންޓަރނަލް އޮޑިޓް" އާއި ޕްރޮކިއުމަންޓް ނިޒާމުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތަކާއި ގުޅޭ މާއްދާތަކެވެ.
ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮމިޓީގެ މެންބަރުން އައްޔަނު ކުރުމާއި ވަކިކުރުން
16.04
(ހ) ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮމިޓީއަށް މެންބަރުން އައްޔަނުކޮށް ވަކިކުރާނީ، މިނިސްޓަރުގެ ލަފާގެ މަތީން، ރައީސުލްޖުމްހޫރިއްޔާއެވެ.
(ށ) ކޮމިޓީގެ މެންބަރުން، މެންބަރުކަމުން ވަކިވުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ލިޔުމުން ހުށަހެޅުމުން، މެންބަރުކަމުން ވަކިވީއެވެ.
