logo
banner image

"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 16 - 16.03 ދައުލަތުގެ އިންޓާރނަލް އޮޑިޓް ކޮމިޓީ

މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.

އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 16 "ދައުލަތުގެ އިންޓަރނަލް އޮޑިޓް" އާއި ޕްރޮކިއުމަންޓް ނިޒާމުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތަކާއި ގުޅޭ މާއްދާތަކެވެ.

ދައުލަތުގެ އިންޓާރނަލް އޮޑިޓް ކޮމިޓީ

16.03

(ހ) ދައުލަތުގެ އިންޓަރނަލް އޮޑިޓުގެ ނިޒާމުގެ މަސައްކަތްތައް ބަލައި ވިލަރެސްކުރުމަށް ޓަކައި، ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮމިޓީގެ ނަމުގައި، 7 (ހަތެއް) މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އޮންނަންވާނެއެވެ.

(ށ) ދައުލަތުގެ އިންޓާރނަލް އޮޑިޓް ކޮމިޓީގެ ދައުރަކީ، 3 (ތިނެއް) އަހަރުދުވަހެވެ.

(ނ) ދައުލަތުގެ އިންޓާރނަލް އޮޑިޓް ކޮމިޓީ ޖަވާބުދާރީވާނީ، މިނިސްޓަރަށެވެ.