logo
banner image
ދިފާޢީ ވުޒާރާ

ޖަޕާން ސަރުކާރުން ރާއްޖެއަށް ސީ އެމްބިއުލާންސެއް ހަދިޔާކުރައްވައިފި

ޖަޕާން ސަރުކާރުގެ "ގްރާންޓް އެއިޑް ފޮރ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް" ޕްރޮގްރާމްގެ ދަށުން ދިވެހިރާއްޖެއަށް ސީ އެމްބިއުލާންސެއް ހަދިޔާކުރައްވައިފިއެވެ.

ރާއްޖޭގެ ސީ އެމްބިއުލާންސް ފްލީޓަށް އިތުރު ކުރެވުނު މި އުޅަނދުގެ ސަބަބުން، އަތޮޅުތެރޭގައި ސިއްޙީ ޚިދުމަތް ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުން ލިބޭނެއެވެ.

ސީ އެމްބިއުލާންސް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނާއި ޖަޕާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ އިޝިގަމީ ރުމިކޯއެވެ.