logo
banner image

މަތީ ތަޢުލީމާއި ބެހޭ ވުޒާރާގެ ފަރާތުން "ކުރި" ޕޯޓަލް އިފްތިތާޙްކޮށްފި

މަތީ ތަޢުލީމާއި މަސައްކަތްތަކާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ފަރާތުން ވަޒީރު، ޑރ. ޢަލީ ޙައިދަރު އަޙްމަދު ވަނީ އެ ވުޒާރާގެ "ކުރި" ޕޯޓަލް އިފްތިތާޙްކޮށްދެއްވައިފައެވެ.

"ކުރި" ޕޯޓަލް އިފްތިތާޙްކުރުމުގެ މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ދަރިވަރުންނަށް އުފުލަންޖެހިފައިވާ ދަތިތަށް ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ "ކުރި" ޕޯޓަލް މެދުވެރިކޮށް މި ދަތިތަކަށް ދާއީމީ ޙައްލެއް ލިބިގެންދާނެކަމަށެވެ. އަދި މިއީ، ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުއިއްޒުގެ އިސްނެންގެވުމާއެކު ދިވެހިރާއްޖޭގެ ހުރިހާ މުވައްސަސާތަކެއް ޑިޖިޓަލައިޒްކުރުމަށް "މޯލްޑިވްސް 2.0" ގެ ދަށުން ދަރިވަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ހުޅުވާލެވޭ ޕޯޓަލެއްކަމަށް ވެސް ވަޒީރު، ޑރ.ޢަލީ ޙައިދަރު ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނުގެ ފާހަކަފުޅު ނިންމަވާލައްވަމުން، މުޅި ދަޢުލަތުގެ ހުރިހާ މުވައްސަސާއެއް ގުޅިގެން މަސައްކަތްކޮށް، ސުމޭކުގެ ދާއިރާއިން ރާއްޖެ އިސްލާހީ އަދި އިންގިލާބީ ބަދަލުތަކާއި ދިމާއަށް ގެންދިޔުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅާއި ދެއްވަވާ އެއްބާރުލުމަށް ޝުކުރު ދަންނަވައިފައެވެ.