އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް ވުޒާރާގެ ހުރިހާ މުވައްޒަފުންނާއި ބައްދަލު ކުރައްވައިފި
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ހުރިހާ މުވައްޒަފުންނާއި ބައްދަލު ކުރައްވައިފިއެވެ.
މިއަދު ހެނދުނު ކުރިއަށް ދިޔަ މި ބައްދަލުުވުމުގައި ވަޒީރު ޑރ. ޝަހީމް ވަނީ ވުޒާރާގެ މުވައްޒަފުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަކުރައްވާ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާ ހިއްވަރު ދެއްވާފައެވެ.
މި ބައްދަލުވުމުގައި ވުޒާރާގެ މުވައްޒަފުން ވަނީ ވުޒާރާގެ އެކި ކަންކަމާއި ގުޅޭ ގޮތުން ޚިޔާލުދެއްވާ ވަޒީރުގެ ފަރާތުން ލިބިލައްވާ އެއްބާރުލެއްވުމަށް ޝުކުރު އަދާ ކުރައްވާފައެވެ.
މުވައްޒަފުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށާއި، މުވައްޒަފުންނަށް ދަތިވާ ކަންކަމުގެ މަޢުލޫމާތު ސީދާ ވަޒީރު ހޯދެއްވުމަށާއި ވުޒާރާގެ މުވައްޒަފުން ކުރައްވާ މަސައްކަތްތަކުގެ އަގުވަޒަަން ކުރުމަށް މީގެ ކުރިންވެސް މިފަދަ ބައްދަލުވުންތައް ބާއްވާފައިވާކަން ފާހަގަކޮށްލެވެއެވެ.
