logo
banner image
ތަޢުލީމީ ވުޒާރާ

ޕްރައިވެޓް ކެންޑިޑޭޓުންނަށް, އޭލެވެލް އެޑެކްސެލް މޭ/ޖޫން ސީރީސްގެ އިމްތިޙާނު އަލުން ފަށަނީ

2019 ވަނަ އަހަރަށްފަހު މެދުކެނޑިފައިވާ އޭލެވެލް އެޑެކްސެލް މޭ/ޖޫން އިމްތިޙާނު ސީރީސް، މިއަހަރުން ފެށިގެން އަލުން ދިވެހިރާއްޖޭގައި ބާއްވާގޮތަށް ނިންމަވައިފިއެވެ.

މި އިމްތިޙާނު ރާއްޖޭގައި ބޭއްވުން ހުއްޓާލުމާ ގުޅިގެން، އިމްތިޙާނު ހަދަން ބޭނުންވާ ކެންޑިޑޭޓުން ރާއްޖެއިން ބޭރަށް ދަތުރުފަތުރުކުރުމަށާއި ހުރުމުގެ ޚަރަދަށް އެކަނިވެސް، އެވްރެޖްގޮތެއްގައި 30,000 އަށްވުރެ ގިނަ ރުފިޔާ ޚަރަދުވާކަން ފާއިތުވި އަހަރުތަކުގެ ތަފާސްހިސާބުތަކުން ވަނީ ފާހަގަކުރެވިފައެވެ. މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ޕްރައިވެޓް ކެންޑިޑޭޓުންގެ ގޮތުގައި އޭލެވެލް އެޑެކްސެލްގެ މާއްދާތަކުގައި ބައިވެރިވާން ބޭނުންވާ ކެންޑިޑޭޓުންނަށް މިއަހަރުން ފެށިގެން ވަނީ ހަމަޖެހިފައެވެ.

އޭލެވެލް އެޑެކްސެލް މޭ/ޖޫން ސީރީސްއާ ގުޅޭ ތަފްޞީލީ މަޢުލޫމާތުތައް، 2026 ފެބުރުވަރީ 4 ވަނަ ދުވަހުން ފެށިގެން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން (ޑީ.ޕީ.އީ) އާންމުކުރަމުން ގެންދާނެއެވެ.

މި އިމްތިޙާނު ސީރީސް ރާއްޖޭގައި އަލުން ބާއްވަން ފެށި ނަމަވެސް، ސްކޫލް ދަރިވަރުންގެ އޭލެވެލް އިމްތިޙާނު މިހާރެކޭވެސް އެއްގޮތަށް އޮންނާނީ އޮކްޓޫބަރު/ނޮވެންބަރު މަހުގައެވެ.