logo
banner image
ބަންޑާރަ ނައިބުގެ އޮފީސް

2026 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ބަންޑާރަ ނައިބުގެ އޮފީހުގެ މުހިންމު ތަފާސްހިސާބުތައް

ދައުލަތަށް ބޭނުންވާ ޤާނޫނީ ލަފާ ދިނުމާއި، މަދަނީ މައްސަލަތަކުގައި ދައުލަތް ތަމްސީލުކުރުމާއި، އަދި ޤާނޫނީ އެހީ ފޯރުކޮށްދިނުމުގައި ބަންޑާރަނައިބުގެ އޮފީހުން ކުރަމުންދާ މަސައްކަތްތައް ހާމަކޮށް، 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތަފާސްހިސާބުތައް ޢާންމުކޮށްފިއެވެ.

މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2026 ޖަނަވަރީ 1 އިން 31 ގެ ނިޔަލަށް، ބަންޑާރަނައިބުގެ އޮފީހުގެ ސިވިލް ލިޓިގޭޝަން އެންޑް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަން (ސީ.އެލް.ޑީ) އާއި ލީގަލް އެފެއާޒް ޑިވިޜަން (އެލް.އޭ.ޑީ) އިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

އެގޮތުން، ބަންޑާރަނައިބުގެ އޮފީހުން ޢާންމުކުރި ތަފާސްހިސާބުތައް:

• ޤާނޫނީ ލަފާ: ދައުލަތުގެ މުއައްސަސާތަކަށް ޤާނޫނީ ލަފާ އެރުވުމުގެ ދައުރުގެ ތެރެއިން، ލީގަލް އެފެއާޒް ޑިވިޜަނުން ވަނީ ވޭތުވެދިޔަ މަހު ދައުލަތުގެ އެކި އިދާރާތަކަށް 64 ޤާނޫނީ ލަފާ (ލީގަލް އޮޕީނިއަން) ފޯރުކޮށްދީފައެވެ. މިއީ ސަރުކާރުގެ ނިންމުންތަކާއި ސިޔާސަތުތައް ޤާނޫނީ އިމުގެ ތެރެއިން ކުރިޔަށް ގެންދިޔުމަށް ބަންޑާރަނައިބުގެ އޮފީހުން އަދާކުރާ މުހިންމު ދައުރު ހާމަކޮށްދޭ ކަމެކެވެ.

• ޝަރީއަތުގެ އަޑުއެހުންތައް: ކޯޓުތަކުގައި ދައުލަތުގެ މަޞްލަޙަތު ދިފާޢުކުރުމަށް ސިވިލް ލިޓިގޭޝަން އެންޑް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަންއިން ވަނީ 43 ޝަރީޢަތުގެ އަޑުއެހުމަށް ހާޒިރުވެފައެވެ.

• ކޯޓަށް ހުށަހެޅުނު މައްސަލަތައް: ހިނގަމުންދާ ޝަރީޢަތްތަކުގެ އިތުރުން، މި މުއްދަތުގެ ތެރޭގައި ސީ.އެލް.ޑީ އިން ވަނީ 7 މައްސަލައެއް އަލަށް ކޯޓަށް ހުށަހަޅާފައެވެ.

• ޤާނޫނީ އެހީ: ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، 15 ފަރާތަކަށް ޤާނޫނީ އެހީތެރިކަން ވަނީ ހަމަޖައްސައިދީފައެވެ.

މި ތަފާސްހިސާބުތައް ޢާންމުކުރުމުގެ މަޤްޞަދަކީ ބަންޑާރަނައިބުގެ އޮފީހުން ކުރަމުން ގެންދާ މަސައްކަތްތައް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނާ ޙިއްޞާކުރުމެވެ.