logo
banner image
ތަޢުލީމީ ވުޒާރާ

ގްރޭޑް 10 ގެ ދަރިވަރުންނަށް 'އެންޓި-ބުލީންގް އެންޑް މެންޓަލް ވެލް-ބީންގް' ޕްރޮގްރާމް ފަށައިފި

ގްރޭޑް 10 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން 'އެންޓި-ބުލީންގް އެންޑް މެންޓަލް ވެލް-ބީންގް' ޕްރޮގްރާމް ފަށައިފިއެވެ.

މިއީ މެލޭޝިއާގެ ޔުނިވަރސިޓީ އޮފް މަލާޔާއާ ގުޅިގެން ކުރިއަށްގެންދާ ޚާއްޞަ ޕްރޮގްރާމެކެވެ. ފެބްރުއަރީ މަހުގެ 2 އިން 6 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި ސެޝަންތައް ނަންގަވައިދެއްވާނީ އެ ޔުނިވަރސިޓީގެ ތަޖުރިބާކާރު 6 ސީނިއާ ލެކްޗަރާއިންނެވެ.

މި ޕްރޮގްރާމްގެ ހަރަކާތްތައް މާލެ ސަރަޙައްދުގެ ސްކޫލްތަކުގެ އިތުރުން ކާފު ރަށްރަށުގެ ސްކޫލްތަކުގައި ކުރިއަށްދާނެއެވެ. އަދި ޕްރޮގްރާމް ނިންމާލުމުގެ ގޮތުން ބާއްވާ އެންމެ ފަހު ސެޝަން އޮންނާނީ ކ. ހިންމަފުށީ ސްކޫލުގައެވެ.

ޖުމްލަ 900 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވާ މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ސްކޫލް މާޙައުލުގައި ކުރިމަތިވާ ބުލީކުރުމުގެ މައްސަލަތަކަށް ދަރިވަރުން ހޭލުންތެރިކުރުވުމާއި، ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމެވެ.

މީގެ އިތުރުން، ސްކޫލްތަކަކީ ދަރިވަރުންނަށް ރައްކާތެރި، އަދި އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދޭ އޯގާތެރި މާޙައުލަކަށް ހެދުމަށް މި ޕްރޮގްރާމްގެ ތެރެއިން ބާރުއަޅާނެއެވެ. މިފަދަ ހަރަކާތްތަކުގެ ސަބަބުން ދަރިވަރުންގެ މެދުގައި އިޖުތިމާއީ ރީތި ސިފަތައް އަށަގަނެ، ނަފްސާނީ ގޮތުން ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.