logo
banner image

ހއ.ހަތިފުށީ ހުޅަނގުން 20 މޭލު ބޭރުގައި މިއަދު ދޮށީ ކަނދުފަތި ޤާއިމްކޮށްފި

ހއ.ހަތިފުށީ ހުޅަނގުން 20 މޭލު ބޭރުގައި މިއަދު ދޮށީ ކަނދުފަތި ޤާއިމްކޮށްފިއެވެ.

މި ދޮށީ ކަނދުފަތި ނަންބަރަކީ B08D02 އެވެ.

މި ދޮށީ ކަނދުފަތި އަޅާފައިވާ ލޮކޭޝަނަކީ:

07°01.000’N

30.250 72°’E

މި ދޮށީ ކަނދުފަތި ޤާއިމްކުރުމުގެ ސަބަބުން އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއަރާދާނެއެވެ. މި ދޮށީ ކަނދުފަތި ޤާއިމްކުރުމާ ގުޅިގެން އެ ސަރަޙައްދުގެ މަސްވެރިން، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ.

ކަނދުފަތި ޤާއިމްކުރުމަކީ ސަރުކާރުގެ މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރަމުން ގެންދާ މުހިންމު މަސައްކަތެކެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ކަނދުފަތިތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމްކުރުމަށް މަސައްކަތް ކުރެވެމުންދާނެއެވެ. ކަނދުފަތީގެ ވިއުގަ އިތުރަށް ފުޅާކުރުމަށްޓަކައި، ކަނދުފަތި ތައްޔާރުކުރާ އިތުރު ސެންޓަރުތަކެއް ދިވެހިރާއްޖޭގެ ދެ ސަރަޙައްދެއްގައި ގާއިމުކުރުމަށް ވަނީ ކަނޑައަޅައިފައެވެ.