ހއ.ކެލާގެ އުތުރުން 17 މޭލު ބޭރުގައި މިއަދު ދޮށީ ކަނދުފަތި ޤާއިމްކޮށްފި
ހއ.ކެލާގެ އުތުރުން 17 މޭލު ބޭރުގައި މިއަދު ދޮށީ ކަނދުފަތި ޤާއިމްކޮށްފިއެވެ.
މި ވަދު ކަނދުފަތީގެ ނަންބަރަކީ B09D01-02 އެވެ.
މި ވަދު ކަނދުފަތި އަޅާފައިވާ ލޮކޭޝަނަކީ:
07°14.333’N
17.700 73°’E
މި ވަދު ކަނދުފަތި ޤާއިމްކުރުމުގެ ސަބަބުން އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއަރާދާނެއެވެ. މި ވަދު ކަނދުފަތި ޤާއިމްކުރުމާ ގުޅިގެން އެ ސަރަޙައްދުގެ މަސްވެރިން، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ.
ވަދު ކަނދުފަތި ޤާއިމްކުރުމަކީ ސަރުކާރުގެ މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރަމުން ގެންދާ މުހިންމު މަސައްކަތެކެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކަނދުފަތި ޤާއިމްކުރުމުގެ މަސައްކަތް މި ވުޒާރާއިން އަންނަނީ ކުރަމުންނެވެ.
