"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 12 - 12.22 ގަނެވޭ މުދާ ސްޓޮކްބާކީގައި ހިމެނުން
މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.
އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 12 "ދައުލަތުގެ މުދާ" އާއި ޕްރޮކިއުމަންޓް ނިޒާމުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތަކާއި ގުޅޭ މާއްދާތަކެވެ.
ގަނެވޭ މުދާ ސްޓޮކްބާކީގައި ހިމެނުން
12.23
ދައުލަތުގެ ބޭނުމަށް ގަންނަ މުދަލުގެ ތެރޭގައި ހިމެނޭ، ސްޓޮކަށް ވައްދަންޖެހޭ ތަކެތި، ސްޓޮކްބާކީއަށް ވައްދަންވާނެއެވެ.
ނަމަވެސް ވަކި މުވައްޒަފަކާ ހަވާލުކޮށްފައިވާ ޚާއްޞަ މަސައްކަތަކަށް ގަނެވޭ، އާންމުކޮށް ސްޓޮކްގައި ނުހުންނަ އެއްޗެއް އެ މުވައްޒަފަކާ ހަވާލުކޮށް ސޮއިކުރުވުމުން، ނުވަތަ ކުރެވެމުންދާ ވަކި މަސައްކަތަކަށް ގަނެވޭ ތަކެތި އެ މަސައްކަތެއް ކުރާ ފަރާތާ ހަވާލުކޮށް ސޮއިކުރުވުމުން ފުދޭނެއެވެ.
