logo
banner image

"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 12 - 12.22 ދައުލަތުގެ މުދާ ބެލެހެއްޓުން

މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.

އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 12 "ދައުލަތުގެ މުދާ" އާއި ޕްރޮކިއުމަންޓް ނިޒާމުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތަކާއި ގުޅޭ މާއްދާތަކެވެ.

ދައުލަތުގެ މުދާ ބެލެހެއްޓުން

12.22

ދައުލަތުގެ މުދާ ބަހައްޓަންވާނީ، ތިރީގައިމިވާ ގޮތުގެ މަތީން، ތަޅުލެވޭ ރައްކައުތެރި ތަނެއްގައެވެ.

(ހ) ގުދަނެއްގައި ނުވަތަ ތަޅުލެވޭގޮތަށް ހުންނަ ރައްކައުތެރި ތަނެއްގައި؛

(ށ) މުވައްޒަފެއްގެ ބެލުމުގެ ދަށުގައި ހުންނަ ކަބަޑު، ނުވަތަ މޭޒު، ނުވަތަ އަލަމާރި ފަދަ، ތަޅުލެވޭ އެއްޗެއްގައި؛

(ނ) ގުދަންކޮށްގެން ނުބެލެހެއްޓޭފަދަ ތަކެތި، މާލީ ޒިންމާދާރު ވެރިޔާ ކަނޑައަޅާ ގޮތެއްގެ މަތީން، ކަނޑައަޅާ ތަނެއްގައި.