"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 12 - 12.21 ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ ގޯތިގޯއްޗާއި ބިންބިމުގައި ރުއްގަސް އިންދުމާއި ކެނޑުން
މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.
އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 12 "ދައުލަތުގެ މުދާ" އާއި ޕްރޮކިއުމަންޓް ނިޒާމުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތަކާއި ގުޅޭ މާއްދާތަކެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ ގޯތިގޯއްޗާއި ބިންބިމުގައި ރުއްގަސް އިންދުމާއި ކެނޑުން
12.21
(ހ) ދައުލަތުގެ އޮފީސްތަކުގެ ބެލުމުގެ ދަށުގައި ހުންނަ ގޯތިގޯއްޗާއި ބިންބިމުގައި ރުއްގަސް އިންދަންވާނީ، އެ ތަނެއް ބަލަހައްޓާ އޮފީހެއްގެ އިސްވެރިޔާގެ ހުއްދަ ލިބިގެންނެވެ.
(ށ) ދައުލަތުގެ އޮފީސްތަކުގެ ބެލުމުގެ ދަށުގައި ހުންނަ ގޯތިގޯއްޗާއި ބިންބިމުގައި ހުންނަ ބަންޑާރަ ލަކުޑީގެ ގޮތުގައި ހިމެނޭ ރުއްގަސް ކަނޑަންވާނީ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިބިގެންނެވެ. އެ ތަންތަނުގައި ހުންނަ އެނޫން ގަސްގަސް ކަނޑަންވާނީ، ނުވަތަ ނަގަންވާނީ، ނުވަތަ ވިއްކަންވާނީ، އެ އޮފީހެއްގެ އިސްވެރިޔާގެ ހުއްދަ ލިބިގެންނެވެ.
