logo
banner image

"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 12 - 12.20 ދައުލަތުގެ އޮފީސްތަކުގައި ހުންނަ ރުއްގަހުން ލިބޭ ތަކެއްޗާމެދު ޢަމަލުކުރާނެ ގޮތް

މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.

އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 12 "ދައުލަތުގެ މުދާ" އާއި ޕްރޮކިއުމަންޓް ނިޒާމުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތަކާއި ގުޅޭ މާއްދާތަކެވެ.

ދައުލަތުގެ އޮފީސްތަކުގައި ހުންނަ ރުއްގަހުން ލިބޭ ތަކެއްޗާމެދު ޢަމަލުކުރާނެ ގޮތް

12.20

(ހ) މީހުން ބައިތިއްބުމަށް ހަދައިފައި ހުންނަ ދައުލަތުގެ އިމާރާތްތަކުގެ ގޯތިތެރޭގައި ހުންނަ ރުއްގަހުން ލިބޭ ތަކެތި ބޭނުންކުރާނީ، އެ ތަނެއްގައި މީހުން ތިބޭއިރު އެ ތަނެއްގައި ކުރަންޖެހޭ ބޭނުންތަކަށެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ފަދަ ތަންތަން ފިޔަވައި، ދައުލަތުގެ އެހެން ތަންތަނުގައި ހުންނަ ރުއްގަހުން ލިބޭ ތަކެތި ބޭނުންކުރާނީ، އެ ތަނެއްގެ ސަރުދާރު ފެންވަރުން ފެށިގެން ދަށުގެ މުވައްޒަފުންނެވެ. އެގޮތަށް މުވައްޒަފުންނަށް ތަކެތި ދޫކުރެވޭނީ، ތިރީގައިމިވާ ގޮތަށް އެ މުވައްޒަފުން ރުއްގަސް ބަލަހައްޓާނަމައެވެ.

(1) ރަސްމީގަޑި ފިޔަވައި އެހެން ވަގުތުތަކުގައި ރުއްގަސް ސާފުކޮށް ބަލަހައްޓައިދީ، ރުއްގަހުގެ ކުނިއުކައިދިނުން؛

(2) އެ ތަނެއްގެ މުވައްޒަފުން އަމިއްލައަށް ރުއްގަސް ސާފުކޮށް ބެލެހެއްޓޭވަރު ނުވާނަމަ، އެ މުވައްޒަފުންގެ އަމިއްލަ ޚަރަދުގައި އެހެން ފަރާތަކާ ހަވާލުކޮށްގެން ރުއްގަސް ސާފުކޮށް ބެލެހެއްޓުން.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތަކުންކުރެ ގޮތަކަށް މުވައްޒަފުން ބޭނުންނުވާނަމަ، އަދި އެ އޮފީހެއްގެ ބަޖެޓުން ޚަރަދުކޮށްގެން ރުއްގަސް ސާފުކޮށް ބަލަހައްޓާނަމަ، އެ ތަކެތި މުވައްޒަފުންނަށް ދެވޭނީ، އެ އޮފީހެއްގެ އިސްވެރިޔާ ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.