logo
banner image

"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 12 - 12.19 ވަކި މުވައްޒަފެއްގެ ބެލުމުގެ ދަށުގައި ހުންނަ މުދާ

މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.

އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 12 "ދައުލަތުގެ މުދާ" އާއި ޕްރޮކިއުމަންޓް ނިޒާމުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތަކާއި ގުޅޭ މާއްދާތަކެވެ.

ވަކި މުވައްޒަފެއްގެ ބެލުމުގެ ދަށުގައި ހުންނަ މުދާ

12.19

އޮފީހުގެ ހަރުމުދަލުގެ ތެރޭގައި ހިމެނޭ އެއްޗެއް ވަކި މުވައްޒަފެއްގެ ބެލުމުގެ ދަށުގައި ބަހައްޓަންވާނީ، އެ މުވައްޒަފަކު އެ އެއްޗެއް ރައްކައުތެރިކަމާއެކު ބެލެހެއްޓުމަށް ޒިންމާވާނެކަމަށް ސޮއިކުރުވައިފައެވެ. މީގެ ތެރޭގައި އެ މުވައްޒަފަކު މަސައްކަތްކުރުމަށް ހަވާލުކޮށްފައި ހުންނަ ތަކެތި ވެސް ހިމެނެއެވެ.