"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 12 - 12.17 ދައުލަތުގެ މުދާ ލާޖެއްސުން
މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.
އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 12 "ދައުލަތުގެ މުދާ" އާއި ޕްރޮކިއުމަންޓް ނިޒާމުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތަކާއި ގުޅޭ މާއްދާތަކެވެ.
ދައުލަތުގެ މުދާ ލާޖެއްސުން
12.17
ދައުލަތުގެ އޮފީހެއްގެ ބެލުމުގެ ދަށުގައި ހުންނަ ދައުލަތުގެ މުދާ އެހެން ފަރާތެއްގެ މުދަލަކާ ލާޖެއްސޭނީ ނުވަތަ ބަދަލުކުރެވޭނީ، ޤާނޫނުގައިވާ ގޮތުގެ މަތީން އެ ކަމެއް ކުރަން ބޭނުންވާ ގޮތުގެ ތަފުސީލު މިނިސްޓްރީއަށް ހުށަހަޅައި، ހުއްދަ ލިޔުމަކުން ލިބިގެންނެވެ.
