"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 12 - 12.16 ދައުލަތުގެ ފައިސާއާއި މުދާ އަނބުރާ ނުލިބޭނެކަމަށް ބަލައި ދޫކޮށްލުން
މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.
އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 12 "ދައުލަތުގެ މުދާ" އާއި ޕްރޮކިއުމަންޓް ނިޒާމުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތަކާއި ގުޅޭ މާއްދާތަކެވެ.
ދައުލަތުގެ ފައިސާއާއި މުދާ އަނބުރާ ނުލިބޭނެކަމަށް ބަލައި ދޫކޮށްލުން
12.16
(ހ) ދައުލަތުގެ ފައިސާއިން މަދުވާ މަދުވުމެއް، ނުވަތަ ގެއްލޭ ގެއްލުމެއް، ނުވަތަ އުނިވާ އުނިވުމެއް، ނުވަތަ އަނބުރާ ނުލިބޭނެ ދައުލަތުގެ ފައިސާ، ނުވަތަ ގެއްލިފައިވާ ނުވަތަ ނައްތައިލެވިފައިވާ ނުވަތަ ހަލާކުވެފައިވާ ނުވަތަ ބޭނުންކުރަން ކަމުނުދާ ދައުލަތުގެ މުދަލެއް އަނބުރާ ނުލިބޭނެކަމަށް ދޫކޮށްލެވޭނީ، މިނިސްޓްރީ އޮފް ފިނޭންސުން ކަނޑައަޅާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ށ) މި މާއްދާގެ ދަށުން ނުލިބޭނެކަމަށް ދޫކޮށްލާ ފައިސާއާއި މުދަލާ ބެހޭގޮތުން ދައުލަތުގެ އޮފީސްތަކުން ލިބޭ ހުށަހެޅުންތައް ބަލައިގަނެ، މިނިސްޓްރީން ރިޕޯޓެއް ތައްޔާރުކޮށް، މި މާއްދާގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާގެ ހުއްދައަށް އެދި ހުށަހަޅަންވާނެއެވެ.
