އިސްރަށްވެހިންގެ އުންމީދުތަކާއި އާ އަޒުމްތަކާއެކު، ޚާއްޞަ ހަރަކާތެއް ނަދީތަކުގައި ކުރިއަށް ގެންގޮސްފި
އިސްރަށްވެހިންގެ އުންމީދުތަކާއި އާ އަޒުމްތަކާއެކު، ޚާއްޞަ ހަރަކާތެއް މާލެ އަދި ހުޅުމާލެ ނާދީގައި ކުރިއަށް ގެންގޮސްފިއެވެ.
އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި ހަރަކާތުގައި، 2026 ވަނަ އަހަރަށް ކަނޑައަޅާފައިވާ އަޒުމްތަކާއި، ނާދީގެ ޚިދުމަތްތަކާ ގުޅޭގޮތުން މެންބަރުންގެ ޝުޢޫރުތައް ވަނީ ހިއްސާކޮށްފައެވެ. އަދި ތަފާތު ކުޅިވަރުތަކާއެކު ފޯރިގަދަކޮށް ކުރިއަށްދިޔަ މިބައްދަލުވުމުގައި، ނާދީގެ ހަރަކާތްތައް އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ މުހިންމު ޚިޔާލުތަކާއި މަޝްވަރާތައް މެންބަރުންގެ ފަރާތުން ލިބިގެންދިޔައެވެ.
މިއީ އިސްރަށްވެހިންގެ އަޑުއަހައި، އެފަރާތްތަކުން ބޭނުންވާ ފަދަ އުފާވެރި އަދި ހަރަކާތްތެރި މާޙައުލެއް ބިނާކުރުމަށްކުރިއަށްގެންދިޔަ މުހިންމު ހަރަކާތެކެވެ.
