logo
banner image

އިސްރަށްވެހިންނަށް ޑިޖިޓަލް ވަސީލަތްތަކަށް އަހުލުވެރިކުރުވުމަށް ޚާއްޞަ ސެޝަނެއް

އުރީދޫ މޯލްޑިވްސްއާއި އިސްރަށްވެހިންގެ ނާދީ ގުޅިގެން، އިސްރަށްވެހިން ޑިޖިޓަލް ވަސީލަތްތަކަށް އަހުލުވެރިކުރުވުމަށް ޚާއްޞަ ސެޝަނެއް ބާއްވައިފިއެވެ.

ހިޔާ 8 ގައި ހުންނަ އިސްރަށްވެހިންގެ ނާދީގައި ކުރިއަށްދިޔަ މި ސެޝަންގައި، ސްމާޓްފޯނާއި ސުމޭކު (ޑިޖިޓަލް) އެކި މަންސަތައް ފަސޭހަކަމާއެކު ބޭނުންކުރާނެ ގޮތްތަކާއި މިފަދަ ވަސީލަތްތަކުގެ ބޭނުން ރައްކާތެރިކަމާއެކު ހިފާނެ ގޮތްތަކާއި، ދިރިއުޅުމުގެ ކަންކަން ފަސޭހަކުރުމަށް ޓެކްނޮލޮޖީ ބޭނުންކުރާނެ ގޮތްތަކާއި ގުޅޭ މުހިންމު މައުލޫމާތުތަކެއް ވަނީ ހިއްސާކޮށްފައެވެ.

އިސްރަށްވެހިންގެ ފަންނީ ހުނަރު އިތުރުކޮށް، ޒަމާނީވަސީލަތްތަކަށް އެފަރާތްތައް އަހުލުވެރިކުރުވުމަކީ އިސްރަށްވެހިންގެ ނާދީން ޚާއްސަ އިސްކަންދޭ ކަމެކެވެ. އަދި ނާދީގައި ކުރިއަށް ގެންދާ މިފަދަ ހަރަކާތްތަކުގައި ދޮށީ ޢުމުރުގެ ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އެގޮތުން، އިސްރަށްވެހިންގެ ނާދީއަށް ވަޑައިގެން މި ޕްރޮގްރާމުތަކުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް، ހުޅުމާލެ އިސްރަށްވެހިންގެ ނާދީގެ ނަންބަރު 3027587 ގުޅުއްވުމަށް ނާދީން ވަނީ އެދިފައެވެ.