ބަންގްލަދޭޝްއިން ނިންމުން އަނބުރާ ގެންދިޔުމުން، ދިވެހިންނަށް އޮން-އެރައިވަލް ވިސާ ލިބޭނެ
އަންނަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ އެގައުމުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ވަގުތީގޮތުން އޮން-އެރައިވަލް ވިސާ ދޫކުރުން މެދުކަނޑާލަން މީގެކުރިން ނިންމާފައިވީ ނަމަވެސް، އެނިންމުން އަނބުރާ ގެންދަން، ބަންގްލަދޭޝްގެ ސަރުކާރުން ވަނީ ނިންމަވާފައެވެ.
އެހެންކަމުން، ބަންގްލަދޭޝްއަށް ދަތުރުކުރައްވާ ދިވެހިންނަށް ކުރިއެކޭވެސް އެއްގޮތަށް، އޮން-އެރައިވަލް ވިސާ ލިބޭނެއެވެ.
