މަސްދޯނި ފަހަރުން މިފްކޯއަށް ކިރުވި މަހުގެ ރިޕޯޓް
ޖަނަވަރީ މަހުގެ ފުރަތަމަ ހަފްތާގައި މިފްކޯ އަށް މަސްކިރުވި ދޯނިތަކަށް 949,237.32 ރުފިޔާ ދޫކޮށްފިއެވެ.
މިފްކޯއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 11 ޖަނަވަރީ 2026 ވަނަ ދުވަހު ޖުމްލަ 28 މަސްދޯންޏަކުން މިފްކޯއަށް ވަނީ މަސްކިރާފައެވެ. މި ދޯނިފަހަރުން ކިރުވި މަހަށްވާ ފައިސާ ޖަނަވަރީ މަހުގެ 13 ވަނަ ދުވަހު މިފްކޯއިން ވަނީ ދޫކޮށްފައެވެ. އެގޮތުން ޖުމްލަ 949,237.32 ރުފިޔާ ދޫކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ 48 ގަޑިއިރުގެ ތެރޭގައި ދޫކުރުމަށް ޚާއްޞަ އިސްކަމެއް ދެއެވެ. މިގޮތުން، މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމާއި، ފައިސާ ދޫކުރުމުގެ އިންތިޒާމުތައް ހަރުދަނާކޮށް ހަލުވިކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.
