logo
banner image

"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 10 - 10.60 މުދާ ގަތުމުގައި ހޯދަންޖެހޭ ވޮރަންޓީ

މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.

އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 10 "ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު" އާއި ޕްރޮކިއުމަންޓް ނިޒާމުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތަކާއި ގުޅޭ މާއްދާތަކެވެ.

މުދާ ގަތުމުގައި ހޯދަންޖެހޭ ވޮރަންޓީ

10.60

މެޝިނަރީއާއި އިކުއިޕްމަންޓްފަދަ އަގުބޮޑު ތަކެތި ހޯދަންވާނީ، ވޮރަންޓީ ނުވަތަ ގަރަންޓީދޭ އަދި އެ ބާވަތުގެ މުދާ އެތެރެކޮށް ވިއްކާ ފަރާތަކުން ނުވަތަ އެ ބާވަތުގެ މުދާ އާންމުކޮށް ވިއްކައިހަދާ ތަނަކުންނެވެ. ހޯދާ ތަކެތީގައި، އުފެއްދުމުގެ ގޯހެއް ނުވަތަ އުނިކަމެއް ހުރިނަމަ، މުދާ ގެނެސްދިން ފަރާތުން، ނުވަތަ މުދާ އުފެއްދި ފަރާތުން، ނުވަތަ މުދާ ފޮނުވައިދިން ފަރާތުން އެ ކަމެއް ރަނގަޅުކޮށްދޭންވާނެއެވެ. އަދި އެ މުދަލަކަށް ދީފައިވާ ވޮރަންޓީގެ މުއްދަތުގައި، ނުވަތަ ގަރަންޓީގެ މުއްދަތުގައި، ވޮރަންޓީ ދިނުމުގައި ނުވަތަ ގަރަންޓީ ދިނުމުގައި އެއްބަސްވެފައިވާ ގޮތަށް އެ ކަމެއް ވެސް ރަނގަޅުކޮށްދޭންވާނެއެވެ.