"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 10 - 10.59 ކޮންމެ 3 މަހަކަށް މުދާ ހޯދުން
މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.
އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 10 "ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު" އާއި ޕްރޮކިއުމަންޓް ނިޒާމުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތަކާއި ގުޅޭ މާއްދާތަކެވެ.
ކޮންމެ 3 މަހަކަށް މުދާ ހޯދުން
10.59
މި ގަވާއިދުގެ 10.53 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ތަކެތި ހޯދާއިރު، އެއްފަހަރާ ތަކެތި ހޯދަންވާނީ، އަހަރުދުވަހަށް ބަހައިލައިގެން، އެންމެ ގިނަވެގެން ވެސް، އެ ތަކެތި އެ ތަނަކަށް 3 (ތިނެއް) މަސްދުވަހަށް ބޭނުންވާ މިންވަރަށް، ނުވަތަ މި ގަވާއިދުގެ 10.21 ވަނަ ނަންބަރުގެ (ހ) ގެ (2) ވަނަ ނަންބަރުގައިވާ ހާލަތުގައި ބަހައްޓަންޖެހޭ ތަކެތި، ބަހައްޓަންޖެހޭ މިންވަރަކަށެވެ.