"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 10 - 10.57 ޕަރޗޭސް އޯޑަރ ތައްޔާރުކުރުން
މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.
އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 10 "ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު" އާއި ޕްރޮކިއުމަންޓް ނިޒާމުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތަކާއި ގުޅޭ މާއްދާތަކެވެ.
ޕަރޗޭސް އޯޑަރ ތައްޔާރުކުރުން
10.57
(ހ) މި ގަވާއިދުގެ 10.05 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ހުއްދަ ހޯދަންޖެހޭ ފަރާތުގެ ހުއްދަ ލިބުމުން، މުދަލަށް އޯޑަރުކުރުމުގެގޮތުން ޕަރޗޭސް އޯޑަރ ތައްޔާރުކުރަންވާނެއެވެ. މިގޮތުން، ޕަރޗޭސް އޯޑަރުގައި ޕްރޮކިއުމަންޓް އޮފިސަރު ނުވަތަ އިސްވެރިޔަކު ސޮއިކޮށް ޕަރޗޭސް އޯޑަރުގެ އަސްލު، ތަކެތި ވިއްކާ ފަރާތަށް ފޮނުވަންވާނެއެވެ. އަދި މުދާ ގެންނައިރު އައިސްފައިވަނީ އޯޑަރުކުރި ތަކެތިތޯ ބެލުމަށް ސްޓޮކް ބަލަހައްޓާ ފަރާތަށް ޕަރޗޭސް އޯޑަރުގެ ކޮޕީއެއް ހަވާލުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ޕަރޗޭސް އޯޑަރ ތައްޔާރުކުރަންވާނީ، މިނިސްޓްރީން އެކަން ކުރުމަށް ކަނޑައަޅައިފައިވާ އިންތިޒާމުގެ ތެރެއިންނެވެ.